ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫސިޓީގެ ފައިނަލަށް މަރަދޫ ދަތުރުކޮށްފިއެވެ.
އައްޑޫ މަރަދޫ މި މުބާރާތުގެ އައްޑޫސީޓީގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު އެސިޓީގެ ސެމީފައިނަލްގައި މީދޫ އަތުން 3-1 އިން މޮޅުވެގެންނެވެ. މިމެޗުގައި މަރަދޫން މީދޫ ކޮޅަށް ލަނޑުތައް ޖެހީ، ޙަސަން ލައުޙް، މުހައްމަދު ސަހާއު އަލީ އަދި ޙަސަން އަތޫފެވެ. މީދޫގެ ހަމައެކަނި ލަނޑު ޖެހީ ވިޝާލްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އައްޑޫ މަރަދޫ ޓީމްގެ ކެޕްޓަން ޙަސަން ލައުޙް އެވެ. އަތޮޅުބުރުގެ ފައިނަލްގައި އައްޑޫ މަރަދޫ އާއި ދެކޮޅަށް ނިކުންނާނީ އައްޑޫ ހިތަދޫ އެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް1 ގެ ފުޓްސަލް ދަނޑުގައި މިމަހުގެ 18 ވަނަ ދުވަހުއެވެ.
އައްޑޫ މަރަދޫ ޓީމްގެ މެނޭޖްމަންޓުން އެދިފައިވަނީ މުބާރާތުގެ ފައިނަލް މެޗްގައި ޓީމަށް ސަޕޯޓް ކޮށްދިނުމަށް ވީހާވެސް ގިނަ ބަޔަކު ޓީމްގެ "ރަތް" ކުލައިގައި ދަނޑަށް ގޮސްދިނުމަށެވެ.
މުބާރާތުގެ ފައިނަލަށް އައްޑޫ މަރަދޫ ދަތުރު ކުރުމާ ގުޅިގެން އެޓީމަށް ވަނީ މުބާރާތުގެ ޒޯން ބުރުން ޖާގަ ލިބިފައެވެ. އެޓީމް ހިމެނޭ ޒޯން ބުރަށް މިހާތަނަށް ހޮވިފައިވަނީ، އައްޑޫ މަރަދޫ، އައްޑޫ ހިތަދޫ، ގދ. ވާދޫ އަދި ގދ. ހޯޑެއްދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު