ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ކެންޑިޑޭޓުން ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހެވެ. މިއީ އިންތިޚާބެއްގައި ކެންޑިޑޭޓުންގެ ފޯމުތައް ޑިޖިޓަލްކޮށް ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަ ފުރަތަމަ ފަހަރު ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ.
އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު