ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވޯޓުލުމަށް، ވޯޓުފޮށި ބެހެއްޓުމުގެ ބަދަލުގައި އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒާހިދު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ މީގެ ކުރިންވެސް ރޭވިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ޒާހިދު ވިދާޅުވީ، ވޯޓުލުމާއި، ނަތީޖާ ނެރުމާއި، އަދި ނަތީޖާ އިޢުލާންކުރުމުގެ މަރުހަލާގައި އެއްވެސް ބަދަލެއް ގެންނަން ކޮމިޝަނުން މިހާތަނަށް ވިސްނާފައި ނުވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވޯޓުލާ މީހުންނާއި، ރާއްޖޭއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވޯޓުލުމަށް މިހާރު ކަނޑައެޅިފައިވާ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ނުވަތަ އެހެން ގޮތަކަށް ވޯޓުލުން ބަދަލުކުރުމުގެ ބަދަލުގައި، ޒާހިދު ވިދާޅުވީ ވޯޓުލުމުގެ މުޅި ޕްރޮސެސް ކުރިއަށްދާނީ ކުރިއެކޭވެސް އެއްގޮތަށް، އަމަލީގޮތުން ވޯޓު ކަރުދާސް ބޭނުންކޮށްގެން ފިޒިކަލްކޮށް ވޯޓުލާ އުސޫލުން ކަމަށެވެ. މީގެ މާނައަކީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ވޯޓުލުމުގެ ފުރުސަތު އޮންނާނީ އެ ގައުމުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓުލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު