އީރާނުގެ ވެރިރަށް ތެހެރާންގެ ހުޅަނގުން އޮންނަ ކަރަޖް ސިޓީގައި ޖެނުއަރީ 9 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރޭގައި، އެ ގައުމުގެ ސަލާމަތީ ބާރުތަކުން ކާރަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މެންބަރަކު މަރުވެފައިވާކަން "އީރާން އިންޓަނޭޝަނަލް" އިން ރިޕޯޓުކޮށްފިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބީޖަން މުސްތަފާވީ އާއި، އޭނާގެ އަންހެނުން އަދި ސޯޝަލް ސެކިއުރިޓީ ދާއިރާގެ ރިޓަޔަރޑް މުވައްޒަފެއް ކަމަށްވާ ޒަހްރާ ބަނީ އާމިރިއާންގެ އިތުރުން، އެ ދެމަފިރިންގެ 19 އަހަރުގެ ދަރިފުޅު ޑެނިއަލް މުސްތަފާވީއެވެ.
މި އާއިލާއާ ގާތް މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަމުންދިޔަ ވަގުތެއްގައި އެ އާއިލާގެ އަމިއްލަ ކާރުގައި ދަތުރުކުރަމުން ދަނިކޮށް، ސިފައިން ކާރަށް އަމާޒުކޮށް ދިން ވަރުގަދަ ބަޑީގެ ހަމަލާތަކެއްގެ ސަބަބުންނެވެ. މި ހާދިސާ ހިނގިއިރު އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ދާއޫދު މުސްތަފާވީ ވެސް ކާރުގައި އިނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އީރާނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޖެނުއަރީ 8 އަދި 9 ވަނަ ދުވަހުގެ ރޭ އީރާނުގެ އެކި ސަރަހައްދުތަކުގައި ހިންގި މިފަދަ އަސްކަރީ ހަރަކާތްތަކުގައި މަދުވެގެން 2,600 މުޒާހަރާގެ ބައިވެރިން ވަނީ މަރާލާފައެވެ. މި ހާދިސާއަކީ އީރާނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރަމުންދާ މިންވަރު ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު