ތައިލެންޑުގެ ބެންކޮކް އަދި ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް 6-1 އިން ބަލިކޮށް، ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު ތާވަލުގެ އެއްވަނައިގައި ލީޑު ނަގައިފިއެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަކީ ރާއްޖެއެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވި ރާއްޖެއަށް މިހާރު ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ނޭޕާލް އޮތްއިރު، ތިންވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ޕާކިސްތާނެވެ. އިންޑިއާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްއަށް މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ސާފް ފުޓްސަލް: ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ތާވަލުގެ އެއްވަނައަށް ފޮޓޯ : ރަސް އޮންލައިން
ހުއަ މަކް އިންޑޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓުގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ވަނީ ލަނޑެއް ޖަހައި ޓީމަށް ކުރިހޯދައިދީފައެވެ. އޭގެ އިރުކޮޅެއް ފަހުން އިޝާން އިބްރާހިމް (ސައްޓު) ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު، ތިންވަނަ ލަނޑު ޖަހައިދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ރާއްޖޭގެ ހަތަރުވަނަ ލަނޑު ޕެނަލްޓީއަކުން އަލީ ޝިޔާހު (ޝިޔަޅޭ) ކާމިޔާބު ކުރިއިރު، މިއީ އޭނާ ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ މުސްތަފާ ޗޯދަރީ އަތުން ހުއްޓުވުމުން ދިން ޕެނަލްޓީއެކެވެ. މި ފައުލާ ގުޅިގެން މުސްތަފާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ބަންގްލަދޭޝްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާމިޔާބު ކޮށްދިނީ ކާޒީ އިބްރާހިމެވެ. ދެވަނަ ހާފުގައި ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) އާއި ބަދަލު ކީޕަރު އިބްރާހިމް ނާޖިހު (ހޭޓް) ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. ރާއްޖޭގެ ފަސްވަނަ ލަނޑު ރާއްކޮ ކާމިޔާބު ކޮށްދިންއިރު، ފަހު ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޝާއްޕެ މި ލަނޑު ޖެހީ ބަންގްލަދޭޝް އިން "ޕަވަޕްލޭ" ގައި ކުޅެމުން ދަނިކޮށް، އަމިއްލަ ހާފުގެ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މުބާރާތުގައި ރާއްޖެއަށް ދެން އޮތީ އަންނަ ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ލީގު ބުރުގައި ރާއްޖެ ނުކުންނާނީ ސްރީ ލަންކާ އަދި ބޫޓާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު