އީރާނުގެ ދާޚިލީ މަސްލަހަތު ގޯސްވެ، އެ ގައުމާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އާއި އެއާ އެކު ދަތުރުކުރާ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ.
ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން ދެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަނަވަރުތައް މެދުއިރުމަތީގެ ސަރަހައްދަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފައިޓާ ޖެޓުތަކާއި، ހަމަލާދޭ ބޯޓުތަކުގެ އިތުރުން ތެޔޮ އަޅައިދޭ ބޯޓުތައް ފޮނުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އަސްކަރީ ހަރަކާތްތަކާ އެކު، މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް، ވަކިން ހާއްސަކޮށް ގަތަރުގައި ހުންނަ އަލް-އުދައިދު އެއާބޭސް ރައްކާތެރިކުރުމަށްޓަކައި ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލްތައް ފޮނުވުމަށް ޕެންޓަގަން އިން ދަނީ ތައްޔާރުވަމުންނެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމެވެ. އަދި އީރާނަށް ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި، ރައީސް ޓްރަމްޕަށް އިތުރު އަސްކަރީ އިޚްތިޔާރުތަކެއް ފަހިކޮށްދިނުމަކީ ވެސް މި ހަރަކާތްތަކުގެ މަގްސަދެކެވެ.
އީރާނުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދާތާ ހަފުތާތަކެއް ވެފައިވާއިރު، އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި އީރާނު ސަރުކާރުން ދަނީ ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާތައް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ. އީރާނުން ބުނަމުންދަނީ ގައުމުގެ އެތެރޭގެ ހަމަޖެހުން ނަގާލުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިޒްރޭލު ކަމަށެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ޓްރަމްޕް ވަނީ، މުޒާހަރާވެރިންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާނުލައިފި ނަމަ، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު