ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ދައްކަމުންދާ މޮޅު ކުޅުމާއެކު، އަންނަ އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ރާއްޖެއަށް ފައިނަލެއް ކަމަށް ޓީމުގެ އިސްފަރާތްތަކުން ހާމަކޮށްފިއެވެ.
މުބާރާތުގެ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން ރާއްޖެ މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ކުރިން މި ދެ ޓީމަކީވެސް ރާއްޖެއަށް އުނދަގޫވާނެ ޓީމުތަކެއް ކަމަށް ބެލެވުނު ނަމަވެސް، ދިވެހި ކުޅުންތެރިން ވަނީ ހީކުރި ވަރަށްވުރެ މާމޮޅު ކުޅުމެއް ދައްކައި ގިނަ ގޯލްތަކެއް ކާމިޔާބު ކޮށްފައެވެ.
ރާއްޖޭގެ ކޯޗުންނާއި ފުޓްސަލްގެ ތަޖުރިބާކާރުން ދެކޭގޮތުގައި، މިހާތަނަށް ހޯދި ބޮޑު ދެ މޮޅަކީ އިންޑިއާ މެޗަށް ނުކުންނައިރު ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ނަފްސާނީ އެޑްވާންޓޭޖެކެވެ. ނަމަވެސް، މި ނަތީޖާތަކުގެ ސަބަބުން އިންޑިއާއިން ރާއްޖޭގެ ޓީމާމެދު އިތުރަށް ސަމާލުވެ، މެޗަށް ވަރަށް ސީރިއަސްކޮށް ތައްޔާރުވާނެ ކަމަށްވެސް ބެލެވެއެވެ.
ރާއްޖޭޣެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ކުޅުންތެރިން ތަމްރީނު ކުރުމުގައި އިސްކޮށް އުޅޭ އަލީ ޝިހާމް (ހުރާ އައްޔަ) ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ޓީމުން މި ފެނިގެންދަނީ ހައިރާން ކުރުވަނިވި މޮޅު ނަތީޖާތަކެކެވެ. މިއީ އިންޑިއާ މެޗަށް ނުކުންނައިރު ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އިންޑިއާ މެޗުން މޮޅުވުމަކީ މުޅި މުބާރާތުގެ ތަށި އުފުލާލުމަށް ރާއްޖެއަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ތާވަލަށް ބަލާއިރު، ރާއްޖެ މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައެވެ. މުބާރާތުގެ ފިރިހެން ޑިވިޜަންގެ ކުޅުން މާދަމާ އަލުން ފަށާއިރު، ގިނަ މެޗުތަކެއް ކުރިއަށް ދާނެއެވެ. އެގޮތުން އިންޑިއާ ނޭޕާލާ ދެކޮޅަށް ނުކުންނައިރު، ޕާކިސްތާން ބައްދަލުކުރާނީ ސްރީލަންކާއާއެވެ. އަދި ބަންގްލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
މުޅި ގައުމު މިހާރު އިންތިޒާރު ކުރަމުންދަނީ އަންގާރަ ދުވަހު ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ ފޯރިގަދަ ކުރިމަތިލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު