ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ މަގުބޫލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަން ދިރާސާއަކުން ހާމަވެއްޖެއެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރު 23 އިން ޑިސެމްބަރު 1 އަށް ބާނީ ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީއިން ކުރިއަށްގެންދިޔަ މި ދިރާސާގައި ޖުމްލަ 391 މީހުން ބައިވެރިވެފައިވާއިރު، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ހަ ލީޑަރެއްގެ މަގުބޫލުކަން ވަޒަންކުރުމަށް ކުރި މަސައްކަތެކެވެ. ބައިވެރިންނަށް ފުރުސަތު ދީފައިވަނީ ކޮންމެ ލީޑަރަކަށް 1 އިން 10 އާއި ދެމެދުގެ ރޭޓިންއެއް ދިނުމަށެވެ.
މި ދިރާސާގެ ނަތީޖާ ދައްކާގޮތުން ރައީސް ޔާމީން އެއްވަނައިގައި އޮތީ 5.6 ގެ ސްކޯއަކާއެކުގައެވެ. މި ލިސްޓުގެ ދެވަނައިގައި 5.3 ގެ ސްކޯއަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮތްއިރު، ތިންވަނަ ލިބިވަޑައިގަންނަވަނީ 4.9 ގެ ސްކޯއެއް ހޯއްދެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް 4.5 ގެ ސްކޯއަކާއެކު ހަތަރުވަނައިގައި އޮތްއިރު، ފަސްވަނަ އަދި ހަވަނަ ލިބިވަޑައިގަންނަވަނީ އަބްދުﷲ ޝާހިދު (2.3) އަދި ފައްޔާޒް އިސްމާއިލް (2.1) އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބާނީ ސެންޓަރުން މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އާންމުކުރި އެހެން ދިރާސާއެއްގައި ދައްކާފައިވަނީ ރައްޔިތުންގެ މެދުގައި ރައީސް މުޢިއްޒުގެ މަގުބޫލުކަން ބޮޑުކަމަށެވެ. ނަމަވެސް، އެންމެ ފަހުން ނެރުނު މި ދިރާސާގެ ނަތީޖާއާއެކު ސިޔާސީ މަސްރަހުގެ މަގުބޫލުކަމަށް ބަދަލުތަކެއް އައިސްފައިވާކަން މިވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު