ރާސް ކުންފުނިން އެތެރެކުރި ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑްރަގްސް ހުރިކަން ނޭނގޭ ކަމަށާއި، އެ ކުންފުނި ވިއްކާލުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ރާސް ކުންފުނީގެ އެމްޑީ ގދ. ތިނަދޫ / ގޯލްޑަން ހައުސް، މުހައްމަދު އާދިލް، (57އ) ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މީގެ 16 އަހަރު ކުރިން ރަޖިސްޓްރީ ކޮށްފައިވާ ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން 2025 ޑިސެންބަރު 25 ވަނަ ދުވަހު ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލައިގައި މުޙައްމަދު އާދިލް ހައްޔަރުކުރީ، 2025 ޑިސެންބަރު 27 ވަނަ ދުވަހުއެވެ.
މައްސަލާގައި އާދިލްގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ޙާޟިރު ކުރުމުން ބަންދު މަޖިލީހުގައި ބުނެފައިވަނީ، އެ ކުންފުންޏަކީ އުވާލުމުގެ މަރުހަލާގައި އޮތް އަދި މައްސަލާގައި ދެން ތުހުމަތުކުރެވޭ ފަރާތަށް ވިއްކާލުމުގެ ކަންކަން މިހާރު ކުރިއަށްދާ ކުންފުންޏެއް ކަމަށެވެ.
ނަމަވެސް ޢާދިލްގެ ބަންދަށް ކޯޓުން މިއަދު ވަނީ 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައެވެ.
މި މައްސަލާގައި ދެން ހައްޔަރު ކޮށްފައިވަނީ، މުދާ ކްލިއަރ ކުރުމަށް ކުންފުނީގެ ފަރާތުން ދިޔަ ހއ. ހޯރަފުށި / ޢާފިޔާ، އަޙްމަދު ޢަލީ (47އ) އެވެ. އަޙްމަދު ކޯޓުގައި ބުނެފައިވަނީ، އެތަކެތި ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ކޯޓުން ވަނީ އިތުރު 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށްވެސް އަމުރު ކޮށްފައެވެ.
ފުލުހުން ބުނީ މި ދެމީހުން މަސްތުވާތަކެތި ހުރި ފުޅިތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދު ކޮށްގެން ކަމަށެވެ. އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި، އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު