ހިޔާނާތުގެ ކުށް ސާބިތުވެ، ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމްގެ މައްސަލަ ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި މައްސަލަައިގައެވެ.
މި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅީ މިމަހު 5 ވަނަ ދުވަހުއެވެ. އެހެންނަމަވެސް މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް އަދި ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ސާބިތުވެފައެވެ. އެގޮތުން އެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 154،000 ރުފިޔާއިން ބައްސާމް ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެ މައްސަލަ މިހާތަނަށް ހައި ކޯޓަށް
ބައްސާމްގެ ފަރާތުން ހުށަހަޅާފައެއް ނުވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ވެސް ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ ހުކުމް އިއްވާފައެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހިޔާނާތާއި މަނީލޯންޑްރިން ކުށުގެ ދައުވާ ސާބިތުވެ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމަކާ އެކު، 44.7 މިލިއަން ރުފިޔާ އިން ބަނީ ޖޫރިމަނާ ކޮށްފައެވެ.
އަދި އެފްއޭއެމްއިން ޑޮލަރު މާރުކުރަން ކަމަށް ބުނެ ނެރުނު 1.2 މިލިއަން ޑޮލަރަކީ އެފްއޭއެމްއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން ބައްސާމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު