ރާއްޖޭގައި ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކާ ފާމަސީތަކާއި ހުއްދަ ނެތް ފާމަސީ ޕްރޮފެޝަނަލުން ބައިތިއްބައިގެން ބޭސް ވިއްކާ ފާމަސީތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނެ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތްތެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ ލިބިގެން ކަމަށެވެ.
އަދި ބޭސް ވިއްކާ ފާމަސީތައް ވެސް ރަޖިސްޓާކޮށް ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތް ކުރެވޭނީވެސް އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށް އެ އިއުލާނުގައި ވެއެވެ.
ފާމަސީތަކުގައި އެ އޮތޯރިޓީން ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމަކީ މަނާ ކަމެއް ކަމަށާއި ފާމަސީ ޕްރޮފެޝަނަލުން ފާމަސީތަކުގައި މަސައްކަތްކުރާ އިރު ފާމަސިސްޓް އައިޑީކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފާމަސީތަކުން ބޭސް ބަލައިގަންނަ އިރު ބަލަން ޖެހޭ ކަންކަން ވެސް އެ އިއުލާނުގައި ވެއެވެ. އެގޮތުން ބޭސްވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައި ހުރިތޯ ބަލައި ޔަގީންކުރުމަށާއި، ބޭސް ދޫކުރަން ހުރީ ފާމަސިސްޓެއް ކަން އަންގައިދޭ އައިޑީ ކާޑު އަޅާފައިވާ ފަރާތެއްތޯ ބެލުމަށާއި، ނަގާ ބޭހަކީ މުއްދަތު ހަމަަނުވާ ބޭސް ކަން ޔަގީން ކޮށް މުއްދަތު
ހަމަވާ ތާރީހު ބެލުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް ލިޔެފައިވޭތޯ ޔަގީން ކުރުމަށާއި، ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަށް ތޯ ބެލުމަށްވެސް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. (މިސާލަކަސް ފިނީގައި ބަހައްޓަން ޖެޙޭ ބޭސް ދޫކުރާ އިރު އައިސް ޕެކް ފަދަ ތަކެތި އަލައި ޕެކް ކޮށްފައިވޭތޯ ޔަގީން ކުރުން)
އެމްއެފްޑިއޭ އިން ބުނީ ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި، ބޭސް ވިއްކާ ފަރާތުގެ ފާމަސީ ޕްރޮފެޝަނަލުންގެ ހުއްދަ ނެތި ހިންގާ ތަންތަނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު