އެޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 779 ޝަކުވާ ހުށަހަޅާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ލިސްޓު އާންމުކުރުމަށް ފަހު އީސީން ވަނީ ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިއަދުގެ މެންދުރު ފަހު 3:00 އާ ހަމައަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، ޖުމްލަ 779 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޝަކުވާ ހުށަހެޅި ސަބަބުތަކަށް ބަލާއިރު، އެޑްރެސް ބަދަލުވެފައި ވުމާއި، ރަށްވެހިކަން ބަދަލުވެފައި ވުމާއި ނިޔާވެފައި މީހުންގެ ނަންތައް ރަޖިސްޓްރީން އުނިކުރުންފަދަ ކަންކަން ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މިއަަހަރުގެ އިންތިހާބުގައި 294،937 މީހަކަށް ވޯޓުލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު