ލޯކަލް ކައުންސިލްތަކުގެ ގޮނޑިތައް ވެރިކަން ކުރާ ޕާޓީއަށް ދީގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ބުނުމަކީ ޚުދުމުހުތާރުކަމުގެ ސިފައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމިންގެ ޕީއެންއެފްގެ ފަރާތުން މިރޭ ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކެއް ސަރުކާރު ހިންގާ ޕީއެންސީއަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ ވެރިޔަކު އެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމަކީ އިންތިހާބަކާ ދިމާކޮށް ރައްޔިތުންނަށް ދޭ އިންޒާރެއް ކަމަށެވެ. އަދި ވެރިކަމުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ލިބިފައި އޮތް އިރުވެސް، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ތަރައްގީގެ "ޒައްރެއްގެ މިންވަރު" ވެސް ގެނެސްދެވިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކައުންސިލްތަކުގެ ގޮނޑިތައް ދިން ނަމަވެސް މި ސަރުކާރަށް ތަރައްގީ ގެނެސްދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ވެރިކަމުގައި ތިއްބެވީ ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެސްދެވޭނެ ފަދަ ގާބިލުކަމެއް ހުރި ބައެއް ނޫން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ "ދެއުޅިއެއް ނުވާ" ޚުދުމުހުތާރު ވެރިއެއްގެ ސިފަތައް ކަމަށް ވިދާޅުވެ، ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު