ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަޙީމް އަބްދުﷲ، ސައޫދީ އަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ އާއި، އަމީން އާންމުގެ ނައިބު މުހައްމަދު ރަޝީދާއި، ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސް މި ދަތުރުފުޅު ކުރައްވަނީ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް ދަނޑިވަޅެއްގައެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާ އަދި ރިޔާސީ ބަޔާން އިއްވެވުން އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު