ކަރުނާޓަކާގެ ސީނިއާ އައިޕީއެސް އޮފިސަރެއް ކަމަށްވާ ޑީޖީޕީ ރާމަޗަންދުރަ ރާއޯ، އޭނާގެ ރަސްމީ އޮފީހުގައި އަންހެނުންތަކަކާއެކު ނޭދެވޭ އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ ސްޓޭޓްގެ ސަރުކާރު ބޮޑު ލޮޅުލުމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
މި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޔުނީފޯމްގައި ހުންނަވައިގެން ރާއޯ ވަނީ އޭނާގެ ރަސްމީ މަސައްކަތު ގަޑީގައި އޮފީހަށް ޒިޔާރަތްކުރި އެކި އަންހެނުންނާއެކު ގައިގޯޅިވެ، ބޮސްދީ ހަދާފައެވެ.
ސިއްރު ކެމެރާއަކުން ރިކޯޑުކޮށްފައިވާ ކަމަށް ބެލެވޭ މި މަންޒަރުތަކަކީ އެކި ދުވަސްމަތިން ހިނގާފައިވާ ކަންކަން ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން ކަރުނާޓަކާގެ ޗީފް މިނިސްޓަރު ސިިއްދަރާމައްޔާ ވަނީ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ސާފުކުރައްވައި، މިކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ. ސަރުކާރުގެ ތެރޭގައި މި މައްސަލައިގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާއިރު، އޮފިސަރާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ނަމަވެސް، ރާމަޗަންދުރަ ރާއޯ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވީޑިއޯއަކީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ހަދާފައިވާ "މޯފްޑް" ނުވަތަ އަސްލު އޮޅުވާލާފައިވާ ވީޑިއޯއެކެވެ. ރާއޯ އިތުރަށް ވިދާޅުވީ މިއީ އޭނާގެ އާއިލާއަށް އަމާޒުކޮށްގެން ދެވޭ ހަމަލާއެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއޯގެ ދޮންދަރިފުޅު ރާންޔާ ރާއޯއަކީ ރަން ވަގަށް އެތެރެކުރުމުގެ ބޮޑު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރެވުނު މީހެކެވެ. މި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ސަރުކާރުން މިހާރު ދަނީ މި ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމަށް ތަހުގީގެއް ހިންގަމުންނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދަނީ، ސަރުކާރުގެ މުއައްސަސާއެއްގެ ތެރޭގައި މިފަދަ ކަމެއް ހިނގުމަކީ ފުލުހުންގެ މުޅި މުއައްސަސާގެ އަގުވެއްޓޭ ކަމެއް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު