އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2026 ވަނަ މާލީ އަހަރަށް އިންޑިއާގެ އިގްތިސާދީ ކުރިއެރުން ލަފާކުރި މިންވަރު 7.3 އިންސައްތައަށް އިތުރުކޮށްފިއެވެ.
މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ 0.7 އިންސައްތަ އިތުރު އަދަދެކެވެ. އައިއެމްއެފް އިން ބުނިގޮތުގައި މި ބަދަލު ގެނައީ އިންޑިއާގެ އިގްތިސާދުގައި މިހާރު ހުރި ބާރުވެރިކަމަށް ބަލާފައެވެ. ނަމަވެސް، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މިއަދަދު 6.4 އިންސައްތައަށް ދަށްވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
އިންޑިއާގެ ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން މި މަހުގެ ކުރީކޮޅު ވަނީ މި މާލީ އަހަރު ނިމޭއިރު އިންޑިއާގެ އިގްތިސާދު 7.4 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ.
މިއީ ސަރުކާރުން ކުރިން އުންމީދުކުރި 6.3 އާއި 6.8 އިންސައްތައާ އަޅާބަލާއިރު މަތީ އަދަދެކެވެ. އައިއެމްއެފްގެ "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވަނީ އިންޑިއާގެ އިގްތިސާދަށް އައި މި ކުރިއެރުމަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ބޮޑު ކުރިއެރުމާއި ހަތަރުވަނަ ކުއާޓަރުގައި ހުރި ވަރުގަދަ މޮމެންޓަމްގެ ސަބަބުން އައި ބަދަލެއް ކަމަށެވެ.
އައިއެމްއެފްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޖޫލީ ކޮޒަކް ވިދާޅުވި ގޮތުގައި އިންޑިއާއަކީ މުޅި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ މުހިންމު އިންޖީނެކެވެ. މީގެ ކުރިން އައިއެމްއެފްގެ އާޓިކަލް ރިޕޯޓުގައި 2026 ވަނަ މާލީ އަހަރަށް ލަފާކޮށްފައިވަނީ 6.6 އިންސައްތަ އެވެ. ނަމަވެސް، 2026 އަދި 2027 ވަނަ ކަލަންޑަރު އަހަރަށް ބަލާއިރު، އިންޑިއާގެ ކުރިއެރުން ހުންނާނެ ކަމަށް މިހާރު ބެލެވެނީ 6.3 އަދި 6.5 އިންސައްތައިގައެވެ.
ދުނިޔޭގެ ޖުމްލަ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، ހައި-ޓެކް ސިނާއަތްތަކުގެ ކުރިއެރުން ކުޑަކޮށް މަޑުޖެހުނު ނަމަވެސް، ޖުމްލަ ގޮތެއްގައި ކުރިއެރުން އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ. އެހެންނަމަވެސް، އެމެރިކާގެ ޓެރިފްތަކާއި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން އިގްތިސާދީ ހަރަކާތްތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.
އެހެންނަމަވެސް، މި ހުރަސްތަކުގެ އަސަރު 2026 އަދި 2027 ވަނަ އަހަރާ ހަމައަށްދާއިރު ކުޑަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު