ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުން "ބޯހިޔާވަހިކަމުގެ އަހަރު" ގެ ގޮތުގައި އިއުލާނުކޮށް، އެ ދާއިރާއަށް ޚާއްސަކުރި ބަޖެޓުގެ ބޮޑުބައި ވަނީ ބޭނުންނުކޮށް އަތްނުލައި ބާއްވާފައެވެ.
މިދިޔަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމުލަ 1.8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، އަހަރު ނިމުނުއިރު އޭގެ ތެރެއިން ޚަރަދުކޮށްފައިވަނީ އެންމެ 204.5 މިލިއަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓުގެ އެންމެ 11 ޕަސެންޓް ކަމަށްވާއިރު، ބާކީ އޮތް 89 ޕަސެންޓް ފައިސާ އެއްވެސް މަޝްރޫއަކަށް ބޭނުންނުކޮށް ހުރިގޮތަށް ހުރިކަން ހިސާބުތަކުން ހާމަވެއެވެ.
މިދިޔަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ރިކޯޑު ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، އަމަލީ ގޮތުން އެ މަސައްކަތްތައް ކުރިއަށް ނުދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ވެވަޑައިގެންނެވި ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ.
އަދި ބަޖެޓު ހުށަހެޅި ދުވަހުވެސް އެއީ ރައްޔިތުންގެ އެންމެ ބޮޑު ބޭނުން ކަމަށްވާ ގެދޮރުވެރިކަން ހޯދައިދޭނެ "ބޯހިޔާވަހިކަމުގެ ބަޖެޓް" ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އަތްނުލާ އޮތް މި ބޮޑު ބަޖެޓުން ދޭހަވަނީ ސަރުކާރުގެ ވައުދުތަކާއި އަމަލާ ދިމާނުވާ މިންވަރު ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، މާލޭ ސަރަހައްދުގެ ބޮޑު ކުލީގެ މައްސަލައަކީ ގައުމީ ބޮޑު ކަންބޮޑުވުމެކެވެ. ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ދަރިން ހޯދާ ނިސްބަތް ދަށްވެ، އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާއިރު، ބަޖެޓުކުރި ފައިސާ ބޭނުންނުކޮށް އޮތުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު މާޔޫސްކަމެކެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދި، ބޯހިޔާވަހިކަމުގެ ހަގީގީ ހައްލެއް ފެންނަން ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު