ތިލަކް ސޮމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި، ޕްރިޔަންތް ސިލްވާ ދެވަނިއްތިގެ (46އ)
ތިލަކް ސޮމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި، ޕްރިޔަންތް ސިލްވާ ދެވަނިއްތިގެ (46އ)
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މިމާރާމާރީ ހިނގީ މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ތިލަކް ސޮމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި، ޕްރިޔަންތް ސިލްވާ ދެވަނިއްތިގެ (46އ) ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 15 ދުވަހު ގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު