ރާސް ކުންފުނިން އެތެރެކުރި ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑްރަގްސް ހުރިކަން ނޭނގޭ ކަމަށް އެތަކެތި ކްލިއަރ ކުރުމަށް ދިޔަ ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ (47އ) ބުނި ނަމަވެސް، އޭނާ ވަނީ އިންޑިއާގައި އެތަކެތީގެ ސަޕްލަޔަރާ ބައްދަލު ކޮށްފައިކަމަށް ފުލުހުން ބުނެފިއެވެ.
މީގެ 16 އަހަރު ކުރިން ރަޖިސްޓްރީ ކޮށްފައިވާ ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން 2025 ޑިސެންބަރު 25 ވަނަ ދުވަހު ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލައިގައި އަޙްމަދު ޢަލީ ހައްޔަރުކުރީ، 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އޭނާ ހައްޔަރު ކޮށްފައިވަނީ، މުދާ ކްލިއަރ ކުރުމަށް ކުންފުނީގެ ފަރާތުން ދިއުމުންނެވެ. މައްސަލާގައި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ޙާޟިރު ކުރުމުން ބަންދު މަޖިލީހުގައި ބުނެފައިވަނީ، އެތަކެތި ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރ ކޯޓުގައި ބުނެފައިވަނީ، އެ މައްސަލައިގައި ބައިވެރިވާ ފަރާތްތަކާ އަޙްމަދު ޢަލީ މުއާމަލާތް ކޮށްފައިވާ ކަމަށާއި މުދާ ގަންނަން އޭނާ އިންޑިއާއަށް ގޮސް އެ މީހުންނާ އޭނާ ބައްދަލުކޮށްފައިވާކަން ތަހުހީގަށް ހޯދިފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓުން ވަނީ އިތުރު 10 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
މި މައްސަލާގައި ދެން ހައްޔަރު ކޮށްފައިވަނީ ރާސް ކުންފުނީގެ އެމްޑީ ގދ. ތިނަދޫ / ގޯލްޑަން ހައުސް، މުހައްމަދު އާދިލް، (57އ) އެވެ. އޭނާ ހައްޔަރުކުރީ، 2025 ޑިސެންބަރު 27 ވަނަ ދުވަހުއެވެ. އާދިލް މިމައްސަލައިގެ ބަންދު މަޖިލީހުގައި ބުނެފައިވަނީ، އެ ކުންފުންޏަކީ މައްސަލާގައި ތުހުމަތުކުރެވޭ އަޙްމަދު ޢަލީއަށް ވިއްކާލުމުގެ ކަންކަން ކުރިއަށްދާ ކުންފުންޏެއް ކަމަށެވެ. ޢާދިލްގެ ބަންދަށްވެސް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައެވެ.
ފުލުހުން ބުނީ މި ދެމީހުން މަސްތުވާތަކެތި ހުރި ފުޅިތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދު ކޮށްގެން ކަމަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި، ކޮންމެ ފުޅިއެއްގައި 1.10 އާއި 1.14 މިލިލީޓަރާ ދެމެދުގެ މިންވަރަށް ހަޝިޝް އޮއިލް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމުން ބުނެފައިވެއެވެ. އޭގެ އިތުރުން އެތަކެތީގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު