ހޯދަން އިޢުލާނުކުރި 4 މީހުން
ހޯދަން އިޢުލާނުކުރި 4 މީހުން
މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ ހަތަރު މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ހޯދަމުންދާ ބަންގްލަދޭޝްގެ ހަތަރު މީހުންނަކީ ޖިއާއުރް ރަހްމާން ބިޝްވާސް (46އ) އާއި، ރަފީގުލް (32އ) އާއި، އެމްޑީ އާރިފް ޓަޓީ (22އ) އާއި، އެމްޑީ ސަހާދަތް ހޮސެއިން (27އ) ކަމަށެވެ.

އެ މީހުން ފެނިއްޖެނަމަ އަދި އެ މީހުންނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭނަމަ 7980408 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އިމިގްރޭޝަނުން 4 މީހެއް ހޯދުމަށް އިޢުލާނު ކޮށްފައިވާއިރު، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެއިތުރުން މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު