އިންޑިއާގެ ވެރިރަށް ދިއްލީގެ މަގުމަތީގައި މާ ވިއްކަން އުޅުނު 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަގަށް ނަގައި، އެ ކުއްޖާ ރޭޕްކުރުމަށްފަހު ޖަންގަލި ތެރެއަށް އެއްލާލި އީ-ރިކްޝޯ ޑްރައިވަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ސެންޓްރަލް ދިއްލީގެ ޕްރަސާދު ނަގަރު ސަރަހައްދުގައެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދުރްގޭޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގެ 300 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާގެ ފުޓޭޖްތައް ބަލައި، ކުރި ބުރަ މަސައްކަތުންނެވެ. މި ހާދިސާ ހިނގި ދުވަހު، އެ ކުއްޖާ ޓްރެފިކް ސިގްނަލް ކައިރީގައި މާ ވިއްކަން ހުއްޓާ، ހުރިހާ މަލެއް ގަންނާނެ ކަމަށް ބުނެ އޭނާގެ ރިކްޝޯއަށް އެރުވީ އޮޅުވާލައިގެންނެވެ.
އޭގެ ފަހުން އެ މީހާ އެ ކުއްޖާ ގޮވައިގެން ދިޔައީ ޕްރޮފެސަރ ރާމް ނާތު ވިޖް މާގް ކައިރީގައި އޮންނަ ފަޅު ޖަންގަލި ސަރަހައްދަކަށެވެ. އެތަނުގައި ކުއްޖާ ރޭޕްކުރުމަށްފަހު، އެ ކުއްޖާ މަރުވީ ކަމަށް ހީކޮށް، އެތަނަށް ދޫކޮށްލާފައި އޭނާ ވަނީ ފިލާފައެވެ. ނަމަވެސް، ކުއްޖާ ހޭއެރުމުން އެހާލުގައި ހުރެ އޭނާގެ އާއިލާއާ ހަމައަށް ދިޔުމުން، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެއީ އެ ކުއްޖާއަށް ލިބުނު ބޮޑު ސިހުމުގެ ސަބަބުން ކަންވީގޮތް ކިޔައިދޭން އުނދަގޫވުމުންނެވެ. ނަމަވެސް ސީސީޓީވީ ފުޓޭޖްތަކުން އެ ކުއްޖާ ރިކްޝޯއަށް އަރާ މަންޒަރު ފެނުމާއެކު، ރިކްޝޯގެ ނަންބަރު ބަލައިގެން ހަމަ އެ ދުވަހު ތުހުމަތުކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކުށް ކުރި މީހާގެ އިއުތިރާފުން އެނގުނު ގޮތުގައި، އޭނާ އެ ކުއްޖާ ކުރިންވެސް ފާހަގަކޮށް، އެ ކުއްޖާ ވަގަށް ނެގުމަށް ދުރާލައި ރާވާފައިވެއެވެ. މިހާރު މި މީހާގެ މައްޗަށް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކުރުމުގެ ގާނޫނު (ޕޮކްސޯ) އާއި، ރޭޕް އަދި ވަގަށް ނެގުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދީ ކައުންސެލިންގް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު