އިންޑިއާގެ ވެސްޓް ބެންގޯލްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ދެ ނަރުހަކަށް ނުރައްކާތެރި "ނިޕާ ވައިރަސް" ޖެހިފައިވާކަން ކަށަވަރުވުމާ ގުޅިގެން، އެ ގައުމުގެ ސިއްހީ އިދާރާތަކުން މުޅި ގައުމަށް ސަމާލުކަން އިތުރުކުރުމަށް އަންގާ، ކަރަންޓީނު ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މި ބަލި ފެނިފައިވަނީ ކަލްކަތާ އާ 16 މޭލު ދުރުގައި އޮންނަ ބަރަސާތުގެ "ނަރާޔަނާ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލް" އިންނެވެ. މިކަމުގެ ސަބަބުން، ހޮލީވުޑްގެ މަޝްހޫރު ފިލްމު "ކޮންޓޭޖިއަން" އިން ފެނިގެންދާ ފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ވެސްޓް ބެންގޯލްގެ ހެލްތު އެންޑް ފެމިލީ ވެލްފެއާ ޑިޕާޓްމަންޓުގެ ޕްރިންސިޕަލް ސެކްރެޓަރީ ނަރާޔަން ސުވަރޫޕް ނިގަމް ވިދާޅުވި ގޮތުގައި، މި ބަލި ޖެހުނު ދެ ނަރުހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސްއެވެ. މި ދެ ނަރުހުންނަކީ މިދިޔަ ޑިސެމްބަރު މަހުގެ 28 އިން 30 އަށް އެކުގައި ޑިއުޓީގައި އުޅުނު ދެމީހުންނެވެ. އެމީހުންގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ފެށީ ޑިސެމްބަރު 31 އާ ޖެނުއަރީ 2 އާ ދެމެދުގައެވެ.
ބަލި ބޮޑުވެ، ހާލަތު ގޯސްވުމުގެ ސަބަބުން މި ދެމީހުން އައި.ސީ.ޔޫގައި އެޑްމިޓްކުރީ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން އެކަކު މިހާރު އޮތީ ކޯމާއެއްގައެވެ.
ބަލީގެ އަސްލު ދެނެގަތުމަށް ކުރެވުނު ތަހުގީގުތަކުން އެނގޭ ގޮތުގައި، މި ނަރުހުންނަށް ވައިރަސް އެރީ ނޭވާލާ ނިޒާމުގެ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ބަލިމީހެއްގެ ފަރާތުންނެވެ. އެ ބަލިމީހާ މަރުވީ ނިޕާ ވައިރަހަށް ޓެސްޓު ކުރުމުގެ ކުރިން ކަމަށްވާތީ، އޭނާއަކީ މި ބަލި ފެތުރެން މެދުވެރިވި "އިންޑެކްސް ކޭސް" ކަމަށް ސިއްހީ އޮފިޝަލުން ޝައްކުކުރެއެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް 180 މީހަކު ޓެސްޓުކޮށް، ބަލި ޖެހުމުގެ ނުރައްކާ އޮތް 20 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކަރަންޓީނު ކުރެވުނު އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ނިޕާ ވައިރަހަކީ އާންމުކޮށް ވާލުގެ ފަރާތުން އިންސާނުންނަށް އަރާ، ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެކެވެ. މި ބަލި ޖެހުމުން މަރުވުމުގެ ފުރުސަތު 75 އިންސައްތައަށް އޮވެއެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހޮޑުލެވުމާއި، ވަރުބަލިވުން ހިމެނެއެވެ. ނަމަވެސް ބަލި ބޮޑުވަމުންދާ ވަރަކަށް ނޭވާލުމަށް އުނދަގޫވުމާއި، ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ހުރިހާ ސްޓޭޓްތަކަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު