ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ރައްޔިތުންނަށް ހެދި ބޮޑެތި ދޮގުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، އެ ދޮގުތަކުގެ "ހިތި ރަހަ" މިއަދު ދިވެހިންގެ ކަރުބުޑުގައި ލަމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ނިޒާރު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނިޒާރު ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރަކީ ވެރިކަން ކުރުމުގެ ގާބިލުކަން ހުރި ބައެއް ނޫން ކަމަށާއި، ވަކިން ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމަށް މި ސަރުކާރު އެއްވެސް ވަރަކަށް ތަސައްރަފު ނުފުދޭ ކަމަށެވެ.
ރާއްޖޭގެ މުސްތަގުބަލާމެދު މިއަދު ދިވެހިން ތިބީ ނޭނގުމެއްގެ ތެރޭގައިކަން ފާހަގަ ކުރަށްވަމުން އޭނާ ވިދާޅުވީ، ސަރުކާރު ބަދަލުވި ފަހުން ގައުމުގެ ހުރިހާ ކަމެއް އޮތީ އޮޅުންބޮޅުމެއްގެ ތެރޭގައި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުހަނު މާޔޫސް ކުރުވަނިވި ދުވަސްތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުރިއަށް އޮތް އިންތިޚާބުތަކުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަކީ ނުރައްކާތެރި ބިރުވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން މޭޔަރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އައްޑޫގެ ތަރައްގީއަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅައި، އިގްތިސާދީ ހަރަކާތްތައް ހުއްޓުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި މިފަދަ ހާލަތެއްގައި ރައްޔިތުންގެ ކުރިމައްޗަށް އިންތިޚާބަށް ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއްކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ، ރައްޔިތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. މި ސަރުކާރުން ކައުންސިލް އިންތިޚާބަށް ކުރިމަތިލަނީ ކައުންސިލްތަކުގެ ބާރުތައް ކަނޑާލައި ކުޑަކުރުމަށްފަހު ކަމަށާއި، ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކާ މެދުވެސް ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ނިޒާރުގެ ވާހަކަ ނިންމާލެއްވީ، ރައްޔިތުންގެ އިތުބާރު އަދިވެސް އޮތީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީން ނޫނީ މި ނިޒާމު ރަނގަޅަށް ނުހިންގޭނެ ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު