އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާ އިން މިއަދު ބުނީ، މަނިޕާލް ހޮސްޕިޓަލުން ހިދުމަތް މެދުކަނޑާލީ އެ ހޮސްޕިޓަލުން ދޭ ގިނަ ހިދުމަތްތަކުގެ އަގުތައް ބޮޑުވުމާ ގުޅިގެން 2024 ވަނަ އަހަރު ކަމަށެވެ. އަދި އެ އެޖެންސީ އާއި ހޮސްޕިޓަލާ ދެމެދު މިދިޔަ މުއްދަތުގައި އަގުތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން އާސަންދައިން ފާހަގަ ކޮށްފައިވެއެވެ.
ހަމައެއާއެކު އަލުން އެހޮސްޕިޓަލުން އާސަންދަ ދޭން ފަށާފައިވަނީ، ހިދުމަތްތަކުން ނަގާ އަގުތަކަށް ހޮސްޕިޓަލުން ހެޔޮ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށް އެ އެޖެންސީން މައުލޫމާތު ދީފައިވެއެވެ.
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން މީގެކުރިން އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހިދުމަތް ހޯދަމުން ދިޔަ ތަނެކެވެ.
އާސަންދައަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މީގެ ކުރިން އާސަންދަ ނިޒާމް އިސްލާހު ކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ނުކުރީ ސިޔާސީ ގޮތުން އުފުލަންޖެހޭ ބުރަ ބޮޑުވެދާނެތީ ކަމަށް ޞިއްހަތާބެހޭ ވަޒީރު ޢަބްދުالله ނާޒިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު