ހދ. ވައިކަރަދޫ މުޙައްމަދު ޙަސަން
ހދ. ވައިކަރަދޫ މުޙައްމަދު ޙަސަން
ރާއްޖޭން މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސް އުޅުނު މީހަކު ސަޢުދީގައި ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ މުޙައްމަދު ޙަސަން އެވެ. އޭނާގެ އުމުރަކީ 86 އަހަރެވެ.

އޭނާ ނިޔާވެފައިވަނީ، މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ބަލި ހާލަތު ހުރިގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ، މިމަހުގެ 17 ވަނަ ދުވަހުއެވެ.

އޭނާއަށް މިދިޔަ ދުވަސްތަކުގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

މުޙައްމަދު ޙަސަން ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރީ، މިމަހުގެ 9ވަނަ ދުވަހުއެވެ. އޭނާ ޢުމްރާގެ އަޅުކަން އަދާކުރަން ދިޔައީ، ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުންނެވެ.



ކިޔުންތެރިންގެ ހިޔާލު