ދެކުނު އޭޝިއާގެ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ކާމިޔާބުކޮށް، ރާއްޖެއަށް ހޯދައިދިން ތާރީޚީ ރަންވަނައަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ފުޓްސަލް ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މި ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ހޯދި މި ފަޚުރުވެރި ކާމިޔާބީގެ އުފަލުގައި އެންމެ ފުރަތަމަވެސް މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރައްވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ ޤައުމުގެ މުސްތަޤްބަލަށް ލިބޭ ވަރަށް ބޮޑު އުޖާލާކަމެއް ކަމަށެވެ. އަދި ވަކީން ޚާއްޞަކޮށް، މި މުބާރާތުގައި ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މުބާރާތެއްގެ އެއްވަނަ ރާއްޖެއިން ހޯދުމަކީ ތާރީޚީ ގޮތުން ލިބުނު ބޮޑު ފަޚުރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ފުޓްސަލް ޓީމުން ދެއްކި ކުޅުމަކީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެެ. ރައީސް ވަނީ ޓީމުގެ ހުނަރުވެރި، ކުޅަދާނަ ކުޅުންތެރިންނަށް ވަރަށް ޚާއްޞަ އިޚްލާޞްތެރި ޝުކުރަކާއި އައްސަރިބަސް ރައްދުކުރައްވާފައެވެ.
ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖެއިން ޗެމްޕިއަން ކަން ހޯދީ ކުޅެން ބާކީ އެއް މެޗު އޮއްވައެވެ. މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ، ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ.
މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ބައިނަމްއަޤްވާމީ މައިދާނެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަކުރެވެއެވެ. މި ކާމިޔާބީއާއެކު މުޅި ރާއްޖޭގައި ދަނީ މި އުފާ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު