ސާފް އިން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފަހު މެޗުގައި ރާއްޖޭގެ މައްޗަށް 14-2 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދައި، ބަންގްލަދޭޝް އިން މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބުކޮށްފިއެވެ. ތައިލޭންޑްގެ ހުއަމާކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތް ބަންގްލަދޭޝް އިން ކާމިޔާބުކުރީ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، އެއްވެސް މެޗަކުން ބަލިނުވެ 16 ޕޮއިންޓާއެކުގައެވެ.
މި މުބާރާތުގައި ބަންގްލަދޭޝް އިން ދެއްކި މޮޅު ކުޅުމަށް ބަލާއިރު، ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބޫޓާނާ ވާދަކޮށް އެއްވަރުވީ 3-3 އިންނެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މެޗަކުން އެޓީމު ވަނީ މޮޅުވެފައެވެ. އެގޮތުން ނޭޕާލް އަތުން 3-0، ސްރީ ލަންކާ އަތުން 6-3 އަދި ޕާކިސްތާނު އަތުން 9-1 އިން ވަނީ މޮޅުވެފައެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު ފަހު މެޗުގައި، ކެޕްޓަން ފާތިމަތު ޝާލިޔާ ނުލައި ރާއްޖޭގެ ޓީމު ނުކުތްއިރު ޓީމު ލީޑުކުރީ ވައިސް ކެޕްޓަން މަރިޔަމް ނޫރާއެވެ. މެޗުގެ ކުރީކޮޅު ރާއްޖޭގެ ރާނިޔާ އިބްރާހިމް ފޮނުވާލި ބޯޅައެއް ބަންގްލަދޭޝްގެ މަސޫރާ ޕަރްވީން އަތުން ބައިކޮޅަށް ވަދެ ރާއްޖެއަށް ލީޑު ލިބުނު ނަމަވެސް، ބަންގްލަދޭޝް އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެޓީމުގެ ކެޕްޓަން ސަބީނާ ކަތުން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު 6-1 އިން ބަންގްލަދޭޝް ކުރީގައި އޮވެ ނިމުނުއިރު، ދެވަނަ ހާފުގައިވެސް އެޓީމުން ވަނީ ގޯލުތައް އިތުރުކޮށްފައެވެ. ސަބީނާގެ އިތުރުން ލިޕީ އަކްތަރު، ސްރިމޯތީ ކްރިޝްނަރާނީ، ނޯސޯން ޖަހާން، މަތުސުޝިމާ ސުމައްޔާ، ނިލޫފާ ޔާސްމީން އަދި މެހެނޫރު އަކްތަރު ވަނީ ބަންގްލަދޭޝްއަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. މި މުބާރާތުގައި ސަބީނާ ޖުމްލަ 14 ލަނޑު ޖަހާފައިވެއެވެ.
ރާއްޖޭގެ ޓީމަށް ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ރާނިޔާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިވާއިރު، މެޗުގެ އެންމެ ފަހު މިނިޓުގައި ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޫރާއެވެ.

ކިޔުންތެރިންގެ ހިޔާލު