ބިދޭސީ މަސައްކަތްތެރިންގެ ފުރާނައަށް އިހުމާލުވުމަކީ ޤައުމީ ފެންވަރުގައި ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ކުރީގެ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފަރަހަނާޒް މިހެން ވިދާޅުވީ، ތިލަފުށީގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުމުރުން އެންމެ 24 އަހަރުގެ އަމީން މިއާ ގެއްލިގެން ރިޕޯޓްކުރުމުންވެސް، އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ޑރ. ފަރަހަނާޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަމީން ގެއްލިގެން އޭނާގެ ފޯނަށް ގުޅައިގެން ޖަވާބެއް ނުލިބުމާއި، ނިދަންވެސް އެނބުރި ނައުމުން އެކަން ކަމާބެހޭ ފަރާތްތަކަށާއި ތިލަފުށީގެ ވެމްކޯ މެނޭޖަރަށް އެންގި ނަމަވެސް، އެއްވެސް ފަރާތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑރ. ފަރަހަނާޒް ވިދާޅުވިގޮތުގައި މި ހާދިސާގައި އަމީން މިއާ ފެނިފައިވަނީ ކުނިތަކުގެ ތެރެއަށް ވެއްޓި މަރުވެފައި އޮއްވައެވެ. ސީސީޓީވީ ފުޓޭޖުން އޭނާ ވެއްޓޭ މަންޒަރު ފެންނަން އޮތް ނަމަވެސް، އެ ފުޓޭޖު ބަލާފައިވަނީ އޭނާ ގެއްލުނުތާ 48 ގަޑިއިރު ފަހުން ކަމަށް ޑރ. ފަރަހަނާޒް ވިދާޅުވިއެވެ.
ޑރ. ފަރަހަނާޒް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައި ދެކި، އެމީހުންގެ ފުރާނައަށް އިހުމާލުވުމަކީ ހަގީގަތުގައިވެސް ޤައުމީ ފެންވަރުގައި ހިތާމަވެރި އަދި ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ.
ޑރ. ފަރަހަނާޒް ފައިސަލް އަކީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމު ދެ ފަހަރެއްގެ މަތިން ފުރުއްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ. މީގެ އިތުރުން ފަރަންސޭސިވިލާތް، އަޔަލޭންޑް އަދި ސްޕެއިން ފަދަ ޤައުމުތަކުގެ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަންވެސް އެކަމަނާ ވަނީ ކުރައްވާފައެވެ.
އަމީން މިއާގެ މަރާ ގުޅޭގޮތުން ފުލުހުން މިހާތަނަށް މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އަމީން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދަނިކޮށް ކަމަށާއި، އޭނާ މަރުވީ ހިނގި ހާދިސާއެއްގައި ކަމަށެވެ. ނަމަވެސް މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިތޯ ނުވަތަ ނޫންކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު