ބަންގާޅު ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާ ކަމަށް ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 3.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުމުގެ އަސަރު ސްރީލަންކާގައި ގާއިމުކޮށްފައިވާ ސީސްމިކް މޮނިޓަރިންގ ހުރިހާ ސްޓޭޝަންތަކަކަށް ރެކޯޑު ކުރެވިފައިވާ ކަމަށް އެ ބިއުރޯއިން ބުނެއެވެ.
ނިއުސް ފަސްޓްގެ ރިޕޯޓަރުން ބުނާ ގޮތުގައި، މި ބިންހެލުމުގެ ލޮޅުންތައް ހޮރޯޕަތާނާ ހިމެނޭ ގޮތަށް އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ވަނީ އިހުސާސް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ދުނިޔޭގެ ބިންހެލުންތައް މޮނިޓަރ ކުރާ "ވޮލްކޭނޯ ޑިސްކަވަރީ" ވެބްސައިޓުގައިވެސް މި ބިންހެލުން ވަނީ ރެކޯޑު ކުރެވިފައެވެ. އެ ވެބްސައިޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުން އުފެދިފައިވަނީ ބޭ އޮފް ބެންގަލްގެ ކަނޑުގެ ސަރަހައްދުން، ތްރިންކޮމަލީ އައްސޭރިފަށާ ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރަށެވެ.

ކިޔުންތެރިންގެ ހިޔާލު