ރައީސް ޑރ. މުހައްމަދު މުއިއްޒު މި ދައުލަތަށް ދެމުންގެންދާ ގެއްލުން ރުފިޔާއިން އަގުނުކުރެވޭނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވަނީ ރައީސް މުއިއްޒަށް ގިނިކަންޏާ މެނޭޖު ކުރެވޭ ވަރަށްވުރެ މިވަގުތު ރާއްޖޭގެ އިޤްތިސާާދީ ހާލަތު ގޯސްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަައެވެ.
އަދި ރައީސް މުއިއްޒަށް އިކޮނޮމީ މެނޭޖުކުރަން ނޭނގޭ ކަމަށާއި، އެކަމާ ހަވާލުވެތިބީ އަދި ރައީސް މުއިއްޒަށްވުރެ ދޯހަޅި ބޭފުޅުން ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.
"160 ބިލިއަނަށްވުރެ މަތީގަ ދަރަނި. ދިވެހި ރުފިޔާގެ އަގު 40 އިންސައްތައަށް ވުރެ ބޮޑަށް ވެއްޓިއްޖެ. ނޫނު އަތޮޅު ބޮޑު ފަޅެއް ވިއްކާލީ ދައުލަތަށް ގެއްލުންވާ ގޮތަށް. ދެފުށް ނުފެންނަ ގޮތަށް." މަލީހް ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނު އަސާސީއަށް ގެންނަމުންދާ ބަދަލުތަކަށްވެސް މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނަށް ގެނައި އިސްލާހަށް ފާޑުވިދާޅުވަމުން މަލީހު ވިދާޅުވީ ގާނޫނު އަސާސީ އަކީ ރައީސް މުއިއްޒުގެ ނަޒަރުގައި ދިމްޔާތު ދޮރުމަތީ ބާއްވާފައި އޮންނަ ފައިފުއްސެއްކަމަށެވެ.
މަލީހު ވިދާޅުވީ މިއީ ވަރަށް ދެރަވަރުކަމެއް ކަމަށާއި ދައުލަތަށް ރައީސް މުއިއްޒު ދޭ ގެއްލުން ރުފިޔާއިން އަގު ނުކުރެވޭނެކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު