އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ރެފަރެންޑަމް ބޭއްވޭނީ، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ގާނޫނީ ހުރިހާ މަރުހަލާއެއް ނިމިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް މަޖިލީހުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދެވެ.
ރެފަރެންޑަމް ޤާނޫނު ބުނާގޮތުން ރެފަރެންޑަމް ބޭއްވުމަށްޓަކައި 45 ދުވަހުގެ މުއްދަތު ކޮމިޝަނަށް ލިބެންޖެހެއެވެ. އެހެންކަމުން، އޭޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިޚާބާއި ރެފަރެންޑަމް އެއްކޮށްލެވޭނީ، މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ބިލުތައް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލުތައް ތަސްދީގު ކުރެއްވުމުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި ޒާހިދު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ނަމަ، އިންތިޚާބުތައް އެއްކޮށްލައިގެން ކުރިއަށް ގެންދެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަމާ ގުޅޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން ކަމަށެވެ. އަދި އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީސީގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް އާންމުންގެ ޚިޔާލު ހޯދާ ވޯޓު، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާ އެއްކޮށްލައިގެން ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އޭގެ އިތުރުން ޒާހިދު ވިދާޅުވީ، މިހާރު ކޮމިޓީ މަރުހަލާ ނިމި ތަޅުމަށް ފާސްކުރަން ހުށަހަޅަން ތައްޔާރުވެފައިވާ ރެފަރެންޑަމް ގާނޫނުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކުރިޔަސް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮމިޝަނުން ތަންފީޒު ކުރާނެ ކަމަށެވެ.
ޒާހިދު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ. މިކަމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި މިހާރު ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު