ސްރީ ލަންކާއަކީ، ރާއްޖެއިން އެންމެ ބޮޑަށް އިތުބާރުކުރާ އެއް ގައުމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާފައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު އޮތީ އެތައް ގަރުނެއްވީ ތާރީހީ ގުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ލަންކާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް އެކުވެރިޔާކަމަށެވެ.
އަދި ލަންކާގެ ރައްޔިތުންނަށް އަބަދުވެސް ދެމިގެންވާ އެއްބައިވަންތަކަމާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމުގެ ގާބިލުކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު