ސިނަމާލެ ފެލްޓްތައް
ސިނަމާލެ ފެލްޓްތައް
މާލެހިޔާ ފްލެޓަކުން ވެއްޓުނު އުމުރުން ދުވަސްވީ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

އެ މީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންމެވެ. ވީޑިއޯއިން ފެންނަނީ އެމީހާ ސްޓްރެޗަރަށް ލައިގެން އެމްބިއުލޭންސަށް އަރުވާ މަންޒަރެވެ.

ފުލުހުންގެ މިއަދު ބުނީ، މާލެހިޔާ 1 އިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:50 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ މާލެހިޔާ 1 ގެ 5ވަނަ ފަންގިފިލާއިންނެވެ.

ފުލުހުން ބުނީ، އެމީހާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެވެ.

ހަމައެއާއެކު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް