ކ. ގުޅިފަޅު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި 12 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު ހިނގި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. މި ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި 9 ފަތުރުވެރިންނާއި 3 ފަޅުވެރިން ހިމެނޭހެން ޖުމްލަ 12 މީހުން ތިއްބެވެ.
މި ހާދިސާ ހިނގުމާއެކު، ކަނޑުވެފައި ތިއްބާ މި މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ. އޭގެ ފަހުން، ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް މި މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ސަލާމަތްކަމާއެކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ލޯންޗު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު