ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޭނުންކޮށްގެން ސަރުކާރުން ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް ބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ހިންގަންއުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުޢާމަލާތާމެތު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، ބޯޑު މެންބަރު އަޝްރަފް ރަޝީދާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް މިހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕެންޝަން ބޯޑަށް ވަގުތީ ޗެއަރޕާސަނެއް އައްޔަނުކޮށް ސަރުކާރުން ބޭނުންވި ގޮތަށް އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން އެނިންމުމުގައި ސޮއި ކުރަށްވަން އިއުތިރާޒް ކުރަށްވައި ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް އިއްޔެ ވަނީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ސަރުކާރުން ހުށައެޅިގޮތަށް މި މާލީ މުޢާމަލާތް ކުރިއަށް ގެންދިއުމަށް ފާސްކުރިތާ 48 ގަޑިއިރު ނުވަނީސް ޕެންޝަން އޮފީހުގެ ބޯޑު މެމްބަރު މުޙައްމަދު މާދިން ލަޠީފް ވެސް ބުދަ ދުވަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބު ސާފުވެފައެއް ނުވެއެވެ.
މާދިން އިސްތިއުފާ ދެއްވާފައިވާއިރު، ކަންބޮޑުވުން އުފެދިފައިވާ މި މާލީ މުޢާމަލާތާއި ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު