މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ދައުވާ އުފުލާފައިވާ އިމިގްރޭޝަންގެ އޮފިސަރު އިބްރާހީމް އަހުމަދުގެ މައްޗަށް 11 މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި އިބްރާހީމް އަހުމަދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ، ފޭރުމުގެ ދައުވާ، އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އިބްރާހިމް ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން، އޭނާގެ އިއުތިރާފުން މި ކުށްތައް ސާބިތުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން އިއްވި އަދަބުތައް:
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ: ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާއެއް.
ފޭރުމުގެ ދައުވާ: ހަތް މަހުގެ ޖަލު ހުކުމަކާއި 130،800 ރުފިޔާގެ ޖޫރިމަނާއެއް. އަދި ފައިސާ ހޯދި ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމަށް ވަނީ އަމުރުކޮށްފައެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ: ދެ މަހުގެ ޖަލު ހުކުމަކާއި 62،400 ރުފިޔާގެ ޖޫރިމަނާއެއް. މީގެ އިތުރުން ބިދޭސީ މީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،500 ޑޮލަރު ދިނުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
މި އެއްބަސްވުމާ ނުލައި މައްސަލަ ކުރިއަށް ގެންގޮސް ކުށް ސާބިތުވިނަމަ، އިބްރާހީމްގެ މައްޗަށް ފަސް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތެވެ.
މި މައްސަލައިގައި އިބްރާހީމާއި ޝަމްޢާންގެ އިތުރުން ހައްޔަރުކުރީ، ތ. ބުރުނި، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އާއި، ގ. ހެޕީސައިޑް، ހަސަން ސެހެޝާން އަދި މ. ހާޒާރީވިލާ، އަހުމަދު ލައްސާނެވެ. މި މައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ ހަތަރު އޮފިސަރުންގެ ތެރެއިން، އިބްރާޙިމް އަޙުމަދުގެ ކުރިން ވެސް ދެ އޮފިސަރަކު ކުށަށް އިޢުތިރާފުވެފައި ވެއެވެ. މި މައްސާލަގައި މިހާރު ހުކުމެއް ނުކުރަނީ ހަސަން ސެހެންޝާހް، ގ. ހެޕީސައިޑް އާއި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދަށެވެ.
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި، ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ދައުވާއެވެ. ނަމަވެސް ޝަމްއާން ވަނީ މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.
ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު