ރޭގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާދިޔަ ބެންގކޮކްގެ މަޝްހޫރު ޖޭޖޭ މާރުކޭޓު ނުވަތަ ޗަޓުޗަކް ވީކެންޑް މާކެޓްގެ ބައެއް ސަރަހައްދު ބަންދުކޮށްފިއެވެ.
އާންމުންނަށް ނުވަދެވޭނެހެން މިމާކެޓުގެ ބައެއް ސެކްޝަންތައް ބަންދުކޮށްފައިވަނީ، އަލިފާނުގެ ހާދިސާގެ ފަހުން އާންމުން ވަދެ ނިކުމެ ހަދަން ރައްކާތެރިނޫން ކަމަށް ބުނެއެވެ. އެގޮތުން ބެންގްކޮކްގެ މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޕާމަނަންޓް ސެކްރެޓަރީ، ޖޭޖޭ މާރުކޭޓު ނުވަތަ ޗަޓުޗަކް ވީކެންޑް މާކެޓްގެ ބައެއް ސެކްޝަންތައް "ޑޭންޖަރ ޒޯން" ކަމަށް ކަނޑައަޅައި އިއުލާންކުރީ، އަލިފާން ނިއްވާލުމަށްފަހު އެސަރަހައްދު އިންސްޕެކްޓް ކުރުމަށްފަހުއެވެ.
ރޭ ހިނގާދިޔަ މިއަލިފާނުގެ ހާދިސާގައި 48 ފިހާރައެއް ވަނީ އަނދައިގެންގޮސްފައެވެ. މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ މާރުކޭޓުގެ ޕްރޮޖެކްޓް 17 ސަރަހައްދުގެ ގޭޓް 1 ކައިރިންނެވެ. ރޯވި އަލިފާންގަނޑުގެ އަސަރު 240 ސްކުއަރ މީޓަރާ ހަމައަށް ކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މިހާދިސާގައި ގެއްލުން ނުލިބޭ، އަދި އަލިފާނުގެ އަސަރު ނުކުރާ މާރުކޭޓުގެ ސަރަހައްދުތަކަށް ވަނުމަށް، ހުކުރު ދުވަހު ހުޅުވާލާނެކަމަށް ބެންގކޮކްގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
2024 ވަނަ އަހަރުވެސް މިމާކެޓުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެހާދިސާގައި އަލިފާނުގެ އަސަރު 1300 ސްކުއަރ މީޓަރާ ހަމައަށް ކުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު