އެމެރިކާގެ އިންޓަ މިއާމީއަށް ކުޅެމުންދާ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ ވައަތު ފައިގެ ފަލަމަސްގަނޑަށް (ހޭމްސްޓްރިންގ) އަށް އަނިޔާވެފައިވާކަން އެ ކްލަބުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
އިންޓަ މިއާމީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެސީ ހެދި އިތުރު މެޑިކަލް ޓެސްޓުތަކުން އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން އެނގިފައިވާ ކަމަށާއި، އޭނާ އަލުން ފަރިތަކުރުންތަކަށް ނުކުންނާނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާގެ ހާލަތު ރަނގަޅުވަމުންދާ މިންވަރަކަށް ބަލައި މެޑިކަލް ޓީމުގެ އިރުޝާދުގެ މަތިން ކަމަށެވެ.
މި އަނިޔާއާ ގުޅިގެން މެސީ ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް ކްލަބުން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އާ ސީޒަން ފެށެން ކައިރިވެފައި ވަނިކޮށް އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު