މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން 32 މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ދީފައިވާ މުއްދަތު މިއަދު ހެނދުނު 10:00 އަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ނަން އަނބުރާ ގެންދިއުމަށް ދިން ވަގުތު ހަމަވިއިރު ޖުމްލަ 32 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 31 އަންހެން ކެންޑިޑޭޓުންނާއި، ކައުންސިލް އިންތިޚާބަށް ކުރިމަތިލީ އެކަކެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ޖުމްލަ 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އިންތިޚާބުގައި ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ތަފްސީލަށް ބަލާއިރު، 5 ސިޔާސީ ޕާޓީއަކުން 1،116 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން މި އިންތިޚާބުގައި 267 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އޭޕްރިލް 4 ގައި ބާއްވާ މި ބޮޑު އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294،937 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން މިއަދު ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު