ތައިލެންޑުން މީގެކުރިން ދޫކުރަމުންއައި 60 ދުވަހުގެ ވިސާ 30 ދުވަހަށް ކުޑަކުރަން އެޤައުމުގެ ސަރުކާރުން ރާވަމުންދާކަން ހާމަކޮށްފިއެވެ.
ތައިލޭންޑްގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރ ނަތުރިޔާ ތަވީވޮންގް ވިދާޅުވީ، 60 ދުވަހުން 30 ދުވަހަށް ވިސާ ދިނުން މަދުކުރުމުގެ ޕްލޭންތަކެއް ހުރި ނަމަވެސް އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެވްރެޖްކޮށް ގިނަ ބިދޭސީ ފަތުރުވެރިން އެޤައުމުގައި ތިބެނީ މަހަކަށްވުރެ މަދު ދުވަސްކޮޅަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އޭނާ ވިދާޅުވީ، ބޮޑުވަޒީރު އުފެއްދެވި އާ ކޮމިޓީން ވިސާއާ ގުޅުންހުރި ކަންތައްތައް އިސްލާހު ކުރަން ރާވާފައިވާ ކަމަށާއި އޭގެ ތެރޭގައި 93 ގައުމަކުން ޒިޔާރަތްކުރާ ފަރާތްތަކަށް 60 ދުވަހު ވިސާއެއް ނެތި ތިބެވޭގޮތަށް ހެދުން ހިމެނޭ ކަމަށެވެ. އަދި އެ ކޮމިޓީއަށް ޓުއަރިޒަމް މިނިސްޓްރީން ސަޕޯޓިން ރިސާޗް ފޯރުކޮށްދިން ކަމަށާއި، އެ ދިރާސާތަކުގެ ސަބަބުން ވިސާ ފްރީކޮށް ތިބުން 30 ދުވަހަށް މަދުކުރުމަކީ އެކަށޭނެ ކަމެއްގެ ގޮތުގައި ފެނުނު ކަމަށެވެ.
"30 ދުވަހަށް ވުރެ ގިނަ ދުވަހު ތިބެން ބޭނުންނަމަ އާދައިގެ ގޮތެއްގައި އިތުރު މުއްދަތަކަށް އެޕްލައި ކުރެވޭނެ." ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ ބިދޭސީ ކުށްވެރިން ނުވަތަ ތައިލޭންޑްގައި ގަވާއިދާ ހިލާފު އަމަލުތައް ހިންގަން މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންކުރެވިދާނެ ލޫޕްހޯލްތައް ހުއްޓުވުމަށްޓަކައި ފްރީ ވިސާ ލިބޭ ދުވަސްތައް މަދުކުރުމަށް އެމިނިސްޓްރީން ވަނީ އެއްބަސްވެފައެވެ.
"މި ބަދަލުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކޮށްގެން ނުވާނެ، ބޭރުގެ ފަތުރުވެރިން އެވްރެޖްކޮށް ތައިލެންޑްގައި ގިނަވެގެން 21 ދުވަހު ތިބޭ." މިސް ނަތުރިޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އާ ސަރުކާރު އަދި އުފެދިފައި ނުވާތީ، މި ބަދަލަށް ޢަމަލު ކުރުމުގެ ބާރު ކެއަރޓޭކަރ ސަރުކާރަށް ލިބިގެންވާ ކަމަށެވެ. 93 ގައުމަކުން ބިދޭސީންނަށް 60 ދުވަހުގެ މުއްދަތަށް ތައިލެންޑްގައި މަޑުކުރުމުގެ ފުރުސަތު ލިބޭ ވިސާ ފްރީ ސްކީމް ފަށާފައިވަނީ، 2024 ވަނަ އަހަރުގެ މެދުތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު