ބަންގްލަދޭޝްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ނުރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި، އެ ގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ދަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.
މިއީ 2024 ވަނަ އަހަރުގެ ޖުލައި މަހު ހިނގި ރައްޔިތުންގެ އުތުރިއެރުމުގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައި ފަހުން އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. މި އިންތިޚާބުގައި ޝައިޚް ހަސީނާގެ އަވާމީ ލީގަށް ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާއިރު، މައިގަނޑު ގޮތެއްގައި ވާދަކުރަނީ ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ އިއްތިހާދުތަކުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މިހާތަނަށް ގުނުނު ވޯޓުތަކުން ބީއެންޕީ އިން ވަނީ 151 ދާއިރާއެއްގައި ކުރި ހޯދާފައެވެ. ނަމަވެސް، އިލެކްޝަން ކޮމިޝަނުން އަދި ރަސްމީކޮށް ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ.
ޖަމާއަތޭ އިސްލާމީގެ އަމީރު ޝަފީގުއްރަހްމާން ވަނީ ބައެއް ދާއިރާތަކުގެ ވޯޓު ގުނާ ނިމިފައިވީ ނަމަވެސް، އޮފިޝަލުން ނަތީޖާ ހާމަނުކޮށް ހިފަހައްޓަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. މި އިންތިޚާބުގެ ފުރިހަމަ ނަތީޖާ ސާފުވުމަށް އަދި ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
މި އިންތިޚާބުގައި 127.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލީ މީހުންގެ ނިސްބަތް 60 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އިންތިޚާބާ އަޅާބަލާއިރު މަތީ އަދަދެކެވެ. ވޯޓުލުން އާންމުގޮތެއްގައި އަމާންކަމާއެކު ކުރިއަށް ދިޔަ ނަމަވެސް، އެކި ސަބަބުތަކާ ހުރެ ނުވަ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ތެރޭގައި ވޯޓުލާ މަރުކަޒުތަކުގައި ބަލިވެގެން މަރުވި މީހުންނާއި، ޒިންމާ އަދާކުރަން ތިއްބާ މަރުވި މީހުން ހިމެނެއެވެ. ޖުމްލަ 51 ސިޔާސީ ޕާޓީއަކުން 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު