ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ކަނާތު ލޮލުގެ ފެނުން ގާތްގަނޑަކަށް 85 އިންސައްތައަށް ގެއްލިފައިވާ ކަމަށް އޭނާގެ ވަކީލުންނާއި އާއިލާއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސުޕްރީމް ކޯޓުން އައްޔަންކުރި ވަކީލު ސަލްމާން ސަފްދަރު އިމްރާން ޚާން މިހާރު ހުންނެވި އަޑިއާލާ ޖަލުގައި އޭނާއާ ބައްދަލުކުރުމަށްފަހު، ކޯޓަށް ހުށަހެޅި ރިޕޯޓެއްގައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިމްރާން ޚާންގެ ލޮލުގެ ފެނުން ދަށްވަމުންދާކަމުގެ ޝަކުވާ ކުރައްވާތާ ތިން މަސްވެފައިވާއިރު، ޖަލުގެ އިދާރާތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެއެވެ. މި ލަސްވުމުގެ ސަބަބުން އޭނާގެ ލޮލުގައި ލޭގަނޑެއް އުފެދި ރެޓިނާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަކީލު ވިދާޅުވިއެވެ. މިހާރު އޭނާގެ ކަނާތު ލޮލަށް ފެންނަނީ އެންމެ 15 އިންސައްތަ ކަމަށާއި، މިއީ ވަގުތުން ފަރުވާ ނުދެވި ލަސްވުމުގެ ނަތީޖާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނީ އިމްރާން ޚާންގެ ލޮލުގެ ކުޑަ އޮޕަރޭޝަނެއް ކުރެވުނު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް، އިމްރާންގެ އާއިލާއިން ވަނީ އެ އޮޕަރޭޝަން ކުރީ އެމީހުންނަށް އެނގުމެއްނެތި ސިއްރުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ފެބުރުވަރީ 16 ގެ ކުރިން އިމްރާން ޚާންގެ އަމިއްލަ ޑޮކްޓަރުން ހިމެނޭ މެޑިކަލް ބޯޑަކުން އޭނާ ބެއްލެވުމަށް އަމުރުކޮށްފައެވެ.
އުމުރުން 73 އަހަރުގެ އިމްރާން ޚާން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހުންނެވީ ޖަލުގައެވެ. އޭނާގެ މައްޗަށް ދައުލަތުގެ ހަދިޔާ ވިއްކުމާއި، ދައުލަތުގެ ސިއްރުތައް ހާމަކުރުން ފަދަ 100 އަށްވުރެ ގިނަ ދައުވާ އުފުލާފައިވާއިރު، އިމްރާން ވިދާޅުވަނީ މިއީ ސިޔާސީ ގޮތުން އޭނާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު