ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗުގައި ގއ. ދެއްވަދޫގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި، ހދ. ނައިވާދޫން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި މިރޭ ކުޅެވުނު ފައިނަލް މެޗު ނައިވާދޫން ކާމިޔާބުކުރީ 9-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މޮޅާއެކު ނައިވާދޫން ވަނީ މިދިޔަ އަހަރުގެ ފައިނަލުން ލިބުނު ނާކާމިޔާބީގެ ހިތްދަތިކަން ފިލުވާލައި، ރަށަށް ރީތި ނަމެއް ހޯދައިދީފައެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނު ނައިވާދޫ ޓީމަށް އެ ފަހަރު ތަށި ހޯދޭގޮތް ނުވި ނަމަވެސް، މި ފަހަރު އެ ޓީމުން ނުކުތީ ވަރުގަދަ އަޒުމަކާއެކުގައެވެ. ގައުމީ ފުޓްސަލް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ނައިވާދޫ ޓީމުން ވަނީ މުޅި މުބާރާތުގައި ވެސް އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން، އެ ޓީމުން ވަނީ މި އަހަރުގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައި، ތިން ތަށީގެ ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު