ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަނުފެންނަ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާ އެކީ ބޭއްވުމާ ގުޅޭ ގަރާރު ރައީސް މުހައްމަދު މުއިއްޒު މިއަދު ނެރުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، މިއަހަރު ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސް ޤަރާރަކުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
މިއީ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލާ ގުޅިގެން ރައީސް ނެރުއްވި ގަރާރެކެވެ.
މި ބިލުގައިވާ ބަދަލުތައް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ގާނޫނު އަސާސީ އާއި މި ސަރުކާރުގައި އަމަލުކުރަން ފެށި ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުން ރައީސުލްޖުމުހޫރިއްޔާ އަށް ލާޒިމްވެއެވެ. އަދި، މި ބަދަލުތައް ގާނޫނު އަސާސީ އަށް ގެނެވޭނީ ރައްޔިތުން އެކަމަށް ރުހޭ ނަމަ އެކަންޏެވެ. ރައްޔިތުންގެ ރުހުން ނުދީ ފާސްނުވެއްޖެ ނަމަ ބިލު ބާތިލުވާނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ:
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް 4، ވަނަ ދުވަހުއެވެ.
ރައީސް މުޢިއްޒު މިއަދު ނެރުއްވި ޤަރާރާއެކު މި ވޯޓުގެ ކަންކަން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު