ހެޔޮ ނިޔަތެއްގައި ޤާނޫނުއަސާސީ އިސްލާހު ކުރާ ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންވާނެ ގޮތަކަށް ބަދަލުތައް ގެނައުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ އެމްޑީޕީން ފުވައްމުލަކުގައި ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފައިސަލްގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރުން ވެރިކަމަށް އައި ފަހުން ތަކުރާރުކޮށް ޤާނޫނުއަސާސީއަށް ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަންވާނީ ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތަށް ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ބާރުތައް ގެއްލި، ގައުމުގެ ހައްގުގައި ވަކާލާތުކުރުމުގެ ޖާގަ ހަނިވަމުންދާ މަންޒަރު ކަމަށެވެ.
މީގެ އިތުރުން، ޖުޑީޝަރީގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ކުޑަވާނެ ގޮތަކަށް ޖޭއެސްސީ އެކުލަވާލައިފި ނަމަ އެ މުއައްސަސާއަށް އާންމުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއަކީ އެތައް ބައެއްގެ ބުރަ މަސައްކަތުންނާއި ގުރުބާނީން ހޯދާފައިވާ އެއްޗެއްކަން ހަނދާންކޮށްދެއްވައި، އޭގެ ބާރު ދެމެހެއްޓުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރަށްރަށަށް އެ ނިޒާމުގެ ފައިދާ ވަރަށް ބޮޑަށް ކުރަމުން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީގެ ބާރު ދަމަހައްޓައި، ލާމަރުކަޒީ ނިޒާމު ނަގަހައްޓަން ބޭނުންވާ ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު