އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ، މުޅި މެދުއިރުމަތި ހިފުމުގެ ހައްގު އިސްރާއީލަށް އޮތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމާ ގުޅިގެން ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
ޓަކަރ ކާލްސަންއަށް ދެއްވި އިންޓަވިއުއެއްގައި ހަކަބީ ވިދާޅުވީ، ނީލަ ކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ހުރިހާ ބިމަކީ ޔަހޫދީންނަށް ހައްގުވާ ބިމެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން އެ ހުރިހާ ބިމެއް އިސްރާއީލުން ހިފިޔަސް މައްސަލައެއް ނެތް ކަމަށެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބައެއް ހަރުކަށި އިސްވެރިން ގަބޫލުކުރާ "ގްރޭޓާ އިސްރާއީލް" ނުވަތަ ބޮޑު އިސްރާއީލް އުފެއްދުމުގެ މަޝްރޫއަށް ތާއީދުކޮށް ދެއްކެވި ވާހަކައެކެވެ.
ނަމަވެސް، ކާލްސަން މިކަމާ ސުވާލު ކުރުމުން، ހަކަބީ ފަހުން ވަނީ އެއީ ހަމައެކަނި މިސާލެއްގެ ގޮތުން ދެއްކި ވާހަކައެއް ކަމަށް ބުނެ ރާގު ބަދަލުކުރައްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިސްރާއީލުން މިހާރު މަސައްކަތް ކުރަނީ އެހެން ގައުމުތައް ހިފާކަށް ނޫނެވެ. އެކަމަކު މިހާރު އެމީހުން އަތްގަދަކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީން ރައްކާތެރިކުރުމަށެވެ. އަދި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ މިހާރު އެމެރިކާގެ ސިޔާސަތެއް ނޫން ކަމަށާއި، ފަލަސްތީނު މީހުންނަށް ބިން ދޭންޖެހޭނީ އަވަށްޓެރި މުސްލިމް ގައުމުތަކުން ކަމަށްވެސް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.
މި އިންޓަވިއުއަށްފަހު، ޓަކަރ ކާލްސަން އާއި އޭނާގެ ޓީމު އިސްރާއީލުން ފުރަން އުޅުމުގެ ތެރޭގައި އިސްރާޢީލުގެ ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ހިފަހައްޓާފައެވެ. ކާލްސަން ބުނި ގޮތުގައި، އިސްރާއީލުގެ އޮފިޝަލުން އެމީހުންގެ ޕާސްޕޯޓްތައް އަތުލައި، އިންޓަވިއުގައި ދެއްކި ވާހަކަތަކާ ގުޅޭގޮތުން ވަނީ ސުވާލުކޮށް ފުރައްސާރަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު