މިދިޔަ އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ޖުމްލަ 426 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެޗްއާރްސީއެމް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މައްސަލަތަކަކީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި، އެކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 196 މައްސަލައެއްގެ ތަހުގީގު އެ މުއްދަތުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ އިންސާނީ ހައްގުތަކާ ގުޅުންހުރި 173 މައްސަލައަކާއި، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ހުށަހެޅުނު 23 މައްސަލައެކެވެ. އަދި މިދިޔަ އަހަރުގެ ފަހު ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 306 މައްސަލައެއް ބަލައި ނިންމާފައިވާއިރު، އޭގެ ތެރެއިން އެއް މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި މުޅިއެކު 307 މައްސަލައެއްގެ ތަހުގީގު ވަނީ އެކި މަރުހަލާތަކުގައި ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، އެޗްއާރްސީއެމްގެ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް ވެސް ފާހަގަކޮށްލެވޭ އަދަދަކަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެގޮތުން އެ ޔުނިޓަށް ހުށަހެޅުނު 43 މައްސަލައިގެ ތެރެއިން 8 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 23 މައްސަލައެއްގެ މައުލޫމާތު ވަނީ ކަމާބެހޭ އެހެން އިދާރާތަކާ ހިއްސާކޮށްފައެވެ.
ވިސިލްބްލޯވާ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކުގެ
ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ދައުލަތުގެ މަގާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 26 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެން އެންމެ ގިނައީ ގާނޫނީ ޒިންމާ އަދާނުކުރުމުގެ މައްސަލަތަކާއި އިންސާނީ ހައްގުތަކާ ހިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން މި ކޮންމެ ބާވަތަކުން 6 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ އެއް މައްސަލައާއި އެހެނިހެން ބާވަތްތަކުގެ 3 މައްސަލައެއް އެ ޔުނިޓަށް ހުށަހަޅާފައިވާ ކަމަށް އެޗްއާރްސީއެމްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު