އިޒްރޭލް އާއި އެމެރިކާ އިން އީރާން އަަށް ދެމުން އަންނަ ހަމަލާ ތަކުގައި، އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަ ކޮށްލި ކަމަށް ބުނާ ވާހަކަ ތަކަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްވީ ދޮގުކުރަށްވައިފިއެވެ.

އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަ ކޮށްލި ކަމަށް ޚަބަރު ފަތުރާފައިވަނީ އިޒްރޭލްގެ މީޑިއާ ތަކުންނެވެ. އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްވީ ވިދާޅުވީ، އެ ޤައުމުގެ އިސް ހުރިހާ ފަރާތް ތަކެއް ވެސް ސަލާމަތުން ތިބި ކަމަށެވެ. އެގޮތުން ލީޑާޝިޕްގެ ބޭފުޅުން ރައްކާތެރިކަމާ އެކު ތިބި ކަމަށް އަރާގްޗީ ވިދާޅުވި އެވެ.

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ އަމިއްލަ ދިފާއުގައި ތެދުވުމުގެ ހައްގު އީރާން އަށް އޮތް ކަމަށެވެ. އެހެންކަމުން އީރާން އިން އެއްވެސް ހައްގެއް ދޫކޮށް ނުލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަރާގްޗީ ވިދާޅުވީ، އީރާން އޮތީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް