އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ ކަނޑުގެ ސިފައިން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރުން މަނާކޮށްފިއެވެ.
އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނީ ހޮރްމުޒް ކަނޑުއޮޅި މިހާރު އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ކަނޑު އުޅަނދަކަށް އެ ސަރަހައްދު ހުރަސްނުކުރެވޭނެކަން އީރާނުގެ ސިފައިން ވަނީ އަންގައި އިއުލާންކޮށްފައެވެ.
ހޮރްމުޒް ކަނޑުއޮޅިއަކީ އީރާނާއި އޮމާންއާ ދެމެދު އޮންނަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގެވެ. ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތައާއި 30 އިންސައްތަ އާ ދެމެދުގެ މިންވަރެއް އުފުލަނީ މި ހަނި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވުމުން، މިއީ މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ ބޭރުކުރާ މައި ދޮރާށްޓެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެ ސަރަހައްދުން ތެޔޮ ބޭރުކުރުން ހުއްޓި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖެއަށް ބޭނުންވާ ތެލުގެ ބޮޑުބައެއް މި ސަރަހައްދުން އިމްޕޯޓްކުރާތީ، މީގެ އަސަރު ވެސް ރާއްޖެއަށް ކުރާނެ މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު