އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތު ﷲ އަލީ ޚާމަނާއީ އަވަހާރަވެއްޖެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިޢުލާން ކުރައްވައިފިއެވެ.
ޝޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ އެމެރިކާގެ އިންޓެލިޖެންސާއި ކުރިއަރާފައިވާ ޓްރެކިންގް ސިސްޓަމްތައް ބޭނުންކޮށްގެން، އިސްރާއީލާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި ހަމަލާގައި ޚާމަނާއީގެ އިތުރުން އީރާނުގެ ބައެއް އިސް ވެރިންވެސް މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާމަނާއީއަކީ ތާރީޚު ދުށް އެންމެ ނުބައި އެކަކު ކަމުގައި ސިފަކުރައްވައި، އޭނާ ނެތިދިއުމަކީ އީރާނުގެ ރައްޔިތުންނަށާއި، އެމެރިކާއަށާއި އަދި އޭނާގެ ސަބަބުން އަނިޔާލިބުނު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ލިބުނު ބޮޑު އިންސާފެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ޤައުމުގެ މިނިވަންކަން އަނބުރާ ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) އާއި އަސްކަރިއްޔާގެ ގިނަ ބަޔަކު މިހާރު ހަނގުރާމަކުރަން ބޭނުންނުވާ ކަމަށާއި، އެމީހުން އެމެރިކާގެ ކިބައިން ރައްކާތެރިކަމަށް އެދެމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެންމެ ދުވަހެއްގެ ތެރޭގައި އެ ޤައުމުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާ ކަމަށެވެ. އަދި މެދުއިރުމައްޗަށާއި މުޅި ދުނިޔެއަށް ސުލްހަ ގެނައުމަށް އެމެރިކާއިން ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލްވަންދެން، އީރާނުގެ އަމާޒުތަކަށް ދެމުންދާ ވަރުގަދަ ބޮން އެޅުމުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު